Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާގެ ޒުވާން ޓީމު ބޮޑު އުންމީދަކާއެކު މެންގްރޫވް އައިލެންޑަށް
މާޒިޔާގެ ޒުވާން ޓީމު ބޮޑު އުންމީދަކާއެކު މެންގްރޫވް އައިލެންޑަށް
މާޒިޔާގެ ޒުވާން ބައެއް ކުޅުންތެރިން ލީގު ޝީލްޑާ އެކު. ކެނދިކުޅުދޫ މެންގްރޫވް ޗެމްޕިއަންޝިޕްގައި މާޒިޔާގެ ޒުވާން ޓީމު ވާދަކުރާނެ. ފޮޓޯ: މާޒިޔާ

މާޒިޔާގެ ޒުވާން ޓީމު ބޮޑު އުންމީދަކާއެކު މެންގްރޫވް އައިލެންޑަށް

ޢަބްދުﷲ އަޝްރަފް
ޢަބްދުﷲ އަޝްރަފް
18 ގަޑިއިރު ކުރިން 19 އެޕްރީލް 2026

މާދަމާ ކެނދިކުޅުދޫގައި ފަށާ ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިޕް ހާއްސަވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ހުށަހަޅާފައިވާ ފައިސާގެ އިނާމު ބޮޑުވުމަކުން އެކަންޏެއް ނޫނެވެ. އަދި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުން ފެންނާނެތީ އެކަންޏެއްވެސް ނޫނެވެ.

އެއަށްވުރެ ބޮޑަށް މި މުބާރާތް ހާއްސަވާ އަނެއް ސަބަބަކީ ރާއްޖޭގެ ފުޓްބޯޅައިގެ މިފަހުގެ ތާރީހް ދުށް އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ތަމްސީލްކުރާ ޓީމެއް މި މުބާރާތުގައި ބައިވެރިވުމެވެ.

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ހަމައެކަނި ކްލަބުގެ ފަރާތުން ޓީމެއް މި މުބާރާތުގައި ބައިވެރިވުމަކީ މުޅި ކެނދިކުޅުދޫއަށް ވެސް ލިބޭ ޝަރަފެކެވެ. އެނގިފައިވާ ގޮތުގައި މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބާއްވާ މުބާރާތެއްގައި އެއް ވަނަ ޑިވިޝަންގެ ކްލަބަކުން ޓީމެއް ބައިވެރިކުރާ މިއީ ފުރަތަމަ ފަހަރެވެ.   

ޒުވާން ޓީމުގައި ގިނައީ ގައުމީ ފެންވަރުގެ ކުޅުންތެރިން

މި މުބާރާތުގައި މާޒިޔާއިން ބައިވެރިކޮށްފައިވަނީ އެ ކްލަބްގެ 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު މި ޓީމުގައި އެ ކްލަބުގެ ސީނިއާ ބައެއް ކުޅުންތެރިން ވެސް ވަނީ ހިމަނައިފަ އެވެ. މާޒިޔާގެ މީޑިއާ އޮފިޝަލް ހަސަން ޝިފާން "ފަހުމިނެޓް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މާޒިޔާގެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް ފަސް ކުޅުންތެރިއަކު ޓީމާއެކު ކެނދިކުޅުދޫ އަށް ދާނެ ކަމަށާއި އަދި އެއީ ކޮން ކުޅުންތެރިންނެއްކަން މުޅިން ކަށަވަރުނުވާ ކަމަށެވެ.

މާޒިޔާގެ ސީނިއާ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އިލާން. މާޒިޔާގެ ޒުވާން ޓީމުގައި ވެސް އިލާން ހިމެނޭ. ފޮޓޯ: މާޒިޔާ
މާޒިޔާގެ ސީނިއާ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އިލާން. މާޒިޔާގެ ޒުވާން ޓީމުގައި ވެސް އިލާން ހިމެނޭ. ފޮޓޯ: މާޒިޔާ

މުބާރާތުގައި ބައިވެރިވާ މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ ސީނިއާ ޓީމުގައިވެސް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ބައެއް ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން އެންމެ ފަހުން މާލޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުގެ 11 ކުޅުންތެރިޔަކު މި މުބާރާތުގައި ބައިވެރިވާ މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ އެ މުބާރާތުގައި ތިން ގޯލް ކާމިޔާބުކޮށްގެން މުބާރާތުގެ ރަން ބޫޓް ހޯދި ކެޕްޓަން މުހައްމަދު އިލާން އިމްރާނެވެ.

މި ޓީމުގެ ކޯޗެއްގެ ގޮތުގައި މުބާރާތުގައި އިރުޝާދު ދޭން ހުންނާނީ ޒުވާން ގިނަ ޓީމުތަކަކަށް އިރުޝާދު ދީފައިވާ އިބްރާހިމް ސައީދު (ކަކާ) އެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

"އަޅުގަނޑުމެންގެ ޓީމުގައި ސީނިއާ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ހިމެނުނަސް މިއީ ޒުވާން ޓީމަށް ރަގަޅު ވަރުގަދަ މެޗުތަކެއް ހޯދައިދިނުމުގެ ބޭނުމުގައ ބައިވެރިވާ މުބާރާތެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި މުބާރާތް ވާނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ރަގަޅު ތަޖުރިބާއަކަށް." މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަކާ މި ނޫހާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުން އެއީ ދުރު ރާސްތާ އަމާޒުކަމަށް ވިޔަސް މި މުބާރާތް ކާމިޔާބުކުރުމަށް ޓީމު އޮތީ ވަރަށް ރަގަޅަށް ތައްޔާރުވެފައި ކަމަށް ކަކާ ބުންޏެވެ.

ހަމައެކަނި ތަޖުރިބާ ހޯދުމަކަށް ނޫން އަޅުގަނޑުމެން މި ބައިވެރިވަނީ. ޓީމުގައި ޒުވާން ކުޅުންތެރިން ގިނަޔަސް މި ޓީމަށް މުބާރާތުގެ ރަގަޅު ހިސާބަކަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް. ޓީމު އޮތީ ވަރަށް ރަގަޅަށް ތައްޔާރުވެފަ.

ކަކާ ވެސް ބުނެފައިވަނީ ކެނދިކުޅުދޫގައި ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް ކޮށްދެވޭ ވަރަށް ބޮޑު ހިދުމަތެއް ކަމަށާއި، މިފަދަ މުބާރާތްތައް އިތުރުވާންޖެހޭ ކަމަށެވެ.

"މިއީ ހަގީގަތުގަވެސް ވަރަށް ރަގަޅު މުބާރާތެއް. މިކަހަލަ މުބާރާތްތައް އެބެ ޖެހޭ ތަންކޮޅެއް ގިނަ ކުރަން. އޭރަށް ރާއްޖޭގެ ފުޓްބޯޅައަށް މިހާރަށް ވުރެ ބޮޑު ކުރިއެރުމެއް އަންނާނީ."

ދި މެންގްރޫ އައިލެންޑް ޗެމްޕިއަންޝިޕްގައި މާޒިޔާ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ކެނދިކުޅުދޫ އާއި އަލިފުށީގެ އިތުރުން މަހިބަދޫގެ ޖިބިއްލީ ސްޕޯޓްސް ކްލަބެވެ. 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Settings