DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް ޑާކް ވުޑާއި، ބަފަނައިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ކްލަބް ޑާކް ވުޑާއި، ބަފަނައިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
ބަފަނައިގެ މުނީޒް ބޯޅަ ހިފައިގެން. އެޓީމުން ހޯދީ ބޮޑު މޮޅެއް. ފޮޓޯ: ށ. ފޭދޫ ކައުންސިލް

ކްލަބް ޑާކް ވުޑާއި، ބަފަނައިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން • 17 އޮކްޓޫބަރު 2026

ށ. ފޭދޫގައި މިހާރު ކުރިއަށްދާ ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުން ވެސް ކްލަބް ޑާކް ވުޑާއި ބަފަނަ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. 

މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބަފަނަ ވަނީ ޑާކް ވުޑް ސްޕޯޓްސް ކްލަބާ ވާދަކޮށް 7-1 އިން މޮޅުވެފަ އެވެ. އަދި މިރޭގެ ދެ ވަނަ މެޗުގައި އެޑީ ސްޕޯޓްސް ކްލަބާ ވާދަކޮށް ކްލަބް ޑާކް ވުޑް މޮޅުވީ 2-1 އިންނެވެ. 

ބަފަނަ އިން ހޯދި ބޮޑު މޮޅުގައި ޖެހި ހަތް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އެޓީމުގެ ތަރި މުހައްމަދު ޝާއިން އެވެ. އެޓީމުގެ މުހައްމަދު އިޝާމް ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އިސްމާއީލް މުނީޒެވެ. ޑާކް ވުޑް ސްޕޯޓްސް ކްލަބުގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ޝާމިހު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަތަރު ގޯލު ޖެހި ޝާއިން އެވެ. 

މިރޭގެ ދެ ވަނަ މެޗުގައި އެޑީ ސްޕޯޓްސް އާއި ކްލަބް ޑާކް ވުޑުގެ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި މެޗުގެ ފުރަތަމަ ހާފު ކްލަބް ޑާކް ވުޑުން ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު އިސާމް (ޝަންޓޭ) އެވެ. ދެ ވަނަ ގޯލު 13 ވަނަ މިނެޓުގައި ޖެހީ ހަސަން ހައިޝަމް ހާމިދެވެ. 

ދެ ވަނަ ހާފަށް އެޑީ ސްޕޯޓްސް ނުކުތީ އިތުރު ހިތްވަރަކާ އެކު އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އެޓީމުގެ އަލީ އަލްސަން ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އެކަމަކު މެޗުގެ ބާކީ ބައިގައި ގޯލެއް ޖަހަން ކުރި މަސައްކަތް އެޑީ ސްޕޯޓްސް އަށް ނާކާމިޔާބުވީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝަންޓޭ އެވެ. 

ފަސް ޓީމާ އެކު ކުރިއަށްދާ ލީގު ބުރުގެ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓް ހޯދާފައިވާ ކްލަބް ޑާކް ވުޑެވެ. ދެ ވަނައިގައި އޮތް ބަފަނަ އަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ބަފަނަ ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތީ 3 ޕޮއިންޓް ލިބިފައިވާ އެންބްލެކް އެފްސީ އެވެ. ހަތަރު ވަނައިގައި އޮތް އެޑީ ސްޕޯޓްސް ކްލަބާއި ފުލުގައި އޮތް ޑާކް ވުޑް ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

ފައިނަލުގެ ސީދާ ޖާގައެއް ލިބޭނީ ލީގު ބުރުން އެއް ވަނަ ހޯދާ ޓީމަކަށެވެ. ދެ ވަނަ ޖާގަ ކަށަވަރުވާނީ ލީގު ބުރުގެ ދެ ވަނަ ޓީމާއި ތިން ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. އެހެންވެ މި ޖާގަތަކަށް މިހާރު ވަނީ ވާދަވެރިކަން ވަރަށް ބޮޑުވެފަ އެވެ. 

https://www.fahuminet.com/tournaments/sh-feydhoo-council-cup-2026

މުބާރާތުގައި މާދަމާ ރޭ ވެސް ފޯރިގަދަ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އެންބްލެކް އެފްސީ އިން ބަފަނައާ ދެކޮޅަށް ނުކުންނައިރު އަނެއް މެޗުގައި އެޑީއާ ދެކޮޅަށް ނުކުންނާނީ ޑާކް ވުޑް ސްޕޯޓްސް ކްލަބެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings