ޔޫރަޕްގެ ޓްރާންސްފަރ ބާޒާރު އިއްޔެ ނިމުނުއިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ގާތްގަނޑަކަށް ހުރިހާ ކްލަބަކުން ކަހަލަ ގޮތަކަށް ވަނީ އާ ކުޅުންތެރިން ގެނެސް އެ ޓީމްތަކުގެ ސްކޮޑް ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި ބޮޑެތި ކްލަބްތަކާއި އަލަށް ޕްރިމިއަރ ލީގަށް ކޮލިފައިވި ޓީމްތައްވެސް ހިމެނެއެވެ. ބައެއް ކްލަބްތަކުންވަނީ ޓްރާންސްފަރ ބާޒާރާ ގުޅޭ ބައެއް މުހިއްމު ރެކޯޑްތައްވެސް މުގުރާލައިފައެވެ. މި ހުރިހާ ކަމެއް މިހެން ހިނގިއިރު މިދިޔަ އަހަރުގެ ސީޒަންގެ ހަތަރުވަނަ މަގާމް ހޯދި ޓޮޓެންހަމް ހޮޓްސްޕާސް އިން އެންމެ ކުޅުންތެރިއަކުވެސް މިފަހަރު އެ ޓީމަށް އަލަށް ގެނެސްފައެއް ނުވެއެވެ. އެއާއެކު ޓޮޓެންހަމް ހިމެނިގެންގޮސްފައިވަނީ 2003 ވަނަ އަހަރު ޓްރާންސަފަރ ބާޒާރު ތަޢާރަފްވި ފަހުން ހޫނު މޫސުމުގެ ބާޒާރުގައި ކުޅުންތެރިއަކު ނުގަނެ ނިންމާލީ ފުރަތަމަ ޕްރިމިއަރ ލީގްގެ ކްލަބަށެވެ.
ޓްރާންސްފަރ ބާޒާރުން މިފަހަރު އެއްވެސް ކުޅުންތެރިއަކު ހޯދައިފައި ނުވިނަމަވެސް ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނިއޯ ގަބޫލުކުރާ ގޮތުގައި އޭނާއަށް ހާސްކަމެއް ނެތެވެ. ޕޮޗެޓީނިއޯ ގަބޫލުކުރާ ގޮތުގައި ކޮންމެ ގޮތަކަށް ކަންހިގައިދިޔަ ނަމަވެސް ކުރީ ސީޒަނަށްވުރެ މިސީޒަންގައި ޓޮޓެންހަމަގެ ކުޅުން ފެންނާނީ ވަރުގަދަކޮށެވެ. ޓޮޓެންހަމް ލީގްގައި ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ނުކުންނާނީ ނިއުކާސުލް ޔުނައިޓެޑާ ދެކޮޅަށެވެ.
“ޓީމުގައި މިދިޔަ ސީޒަންގައި ކުޅުނު ހުރިހާ ކުޅުންތެރިން އެއްކޮށް ތިބުމަކީ އަހަރެންނަށް ލިބުނު އުފަލެއް. ކްލަބުންވަނީ ހެރީ ކޭން ފަދަ މުހިއްމު ކުޅުންތެރިންގެ ކޮންޓްތރެކްޓް އާ ކުރަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައި. އަހަރެންނަށް ވިސްނޭގޮތުގައި ސްޓޭޑިއަމްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް ކްލަބުން އަންނަނނީ އާދަޔާ ޚިލާފް މަސައްކަތްތަކެއް ކުރަމުން.” ޕޮޗެޓީނިޔޯ ބުންޏެވެ.
“ފުޓްބޯޅައިގައި ބައެއް ފަހަރު ތަފާތުކޮށްވެސް އުޅުން ބަހައްޓަންޖެހޭނެ. އަހަރެމެންގެ އޮތް ސްކޮޑާއި ދޭތެރޭ ހިތްހަމަޖެހިފަ އިތުރަށް އެ ސްކޮޑް ވަރުގަދަ ކުރަން ކުޅުންތެރިން ގެނެވެން ނެތްކަމަށް ވާނަމަ ދެން ކުރަން އޮންނާނެ ކަމަކީ އަހަރެމެންގެ އޮތް ސްކޮޑް އެއްކޮށް ހިފެހެއްޓުން. އަހަރެމެންގެ ތެރޭގަ މިހާރު އެބަތިބި ވޯލްޑްކަޕް ގައި އެންމެ މަތީ ފެންވަރުގައި ކުޅެފަ ތިބި ކުޅުންތެރިން. އަހަރެމެންގެ ޓީމްގައި އެބަހުރި ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދި ޓީމްގެ ކެޕްޓަން. އަދި ވޯލްޑްކަޕްގެ ގޯލްޑަން ބޫޓް ހޯދި ކުޅުންތެރިޔާވެސް މިހިރީ އަހަރެމެންގެ ތެރޭގަ. އެހެންވީމަ އަހަރެންނަށް ޔަގީން އަހަރެމެން މިފަހަރު މާބޮޑަށްވެސް ރަގަޅުވާނެކަން. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން.” ޓޮޓެންހަމްގެ ކޯޗް ބުންޏެވެ.
މިދިޔަ އަހަރުގެ ސީޒަން ނިމުނު ތަނާ ޓޮޓެންހަމްގެ ކޯޗް ކްލަބްގެ އިސް ވެރިންގެ ކިބައިން އެދިފައިވަނީ ޓްރާންސްފަރ ބާޒާރުގައި ހިތްވަރު ކުރުމަށެވެ. ގިނަ ބަޔަކު ޕޮޗެޓީނިއޯގެ އެ ވާހަކަތައް މާނަކުރީ އެއީ އިތުރު ކުޅުންތެރިން ހޯދުމުގެ ބޭނުމުގައި އޭނާ ދެއްކި ވާހަކަތަކެއްގެ ގޮތުގައެވެ. އެކަމަކު އޭނާ އޭރު ބުނި އެއްޗެއްގެ މާނައަކީ އޭގެ ދިމާ އިދިކޮޅުކަމަށް ޕޮޗެޓީނިއޯ ފަހުން ވަނީ ބުނެފައެވެ.
“އާ ކުޅުންތެރިން ނުހޯދުމަކީ ކްލަބުން ނެގި ޑިސިޝަނެއް. އެއީ ފަހަރެއްގަ ގޯސް ނިންމުމެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ. އެކަމަކު އެއީ އަހަރެމެންގެ ނިންމުން. އަހަރެމެން ބޭނުންވީ ޓީމުގައި ތިބި އެންމެ މޮޅު ކުޅުންތެރިންނާއެއކު ހުރިހާ ކުޅުންތެރިން އެއްކޮށް ބޭތިއްބުން. އެއީ ހިތްވަރުގަދަ ނިންމުމެއް.” ޕޮޗެޓީނިއޯ ބުންޏެވެ.
ޓޮޓެންހަމް މިފަހަރު މިހެދީ ކިހިނެއް؟
މި ލިޔުމާ ގުޅޭ
ކޮމެންޓްސް
# މަޤުބޫލު ލިޔުންތައް
ޖިބިއްލީ: ހުސް ތަރިންނާ އެކު 100 މޭލު ދުރުން ކެނދިކުޅުދޫ އަށް
5 ދުވަސް ކުރިން
ފައިނަލުން ބަލިވުމުގެ ސިލްސިލާ ނިންމަން ނައިފަރު ޗެލްސީ މާ ގަދަކޮށް
1 ހަފްތާ ކުރިން
މާޒިޔާގެ ޒުވާން ޓީމު ބޮޑު އުންމީދަކާއެކު މެންގްރޫވް އައިލެންޑަށް
23 ގަޑިއިރު ކުރިން
ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް: އެންމެ އަގުބޮޑު އެއް ފުޓްބޯޅަ އީދު ފެށެން 10 ދުވަސް
1 ހަފްތާ ކުރިން
އަލިފުށި ރެކްރިއޭޝަން ކްލަބު: މުޅި ރަށް އެދެނީ ޓީމުގެ ކާމިޔާބަށް
3 ދުވަސް ކުރިން# ފަހުގެ ޚަބަރުތައް
ފަސޭހަ ކަމާއެކު ސްޓެލްކޯ އާއި އެމްޓީސީސީ އޮފީސް ލީގުގެ ފައިނަލަށް
2 ގަޑިއިރު ކުރިން
އަޒުމެއް ނުގުޑި، މަނަދޫއިން ބުނަނީ ރަށު ކުޅުންތެރިންނަށް ވާނެ ކަމަށް
15 ގަޑިއިރު ކުރިން
ލީގު ހޯދަން އާސެނަލް އަތުގައި އޮތް ބާރު ސިޓީން ނައްތާލައިފި
15 ގަޑިއިރު ކުރިން
