DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު ދެ ބާރު ބަލިކޮށް އުނގޫފާރާއި މީދޫ ފައިނަލަށް
ބޮޑު ދެ ބާރު ބަލިކޮށް އުނގޫފާރާއި މީދޫ ފައިނަލަށް
މުބާރާތުގެ މެޗެއްގައި ގޯލު ޖެހުމަށް ފަހު މީދޫ ކުޅުންތެރިން އުފާފާޅުކުރަނީ. ރ. ވެޓަރަންސް ފައިނަލުން ޖާގަ ހޯދީ މީދޫ އާއި އުނގޫފާރު. ފޮޓޯ: ރަސްމާދޫ ކައުންސިލް

ބޮޑު ދެ ބާރު ބަލިކޮށް އުނގޫފާރާއި މީދޫ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
2 ހަފްތާ ކުރިން • 2 އޮކްޓޫބަރު 2026

އެމްޕީ ފަލާހް ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖުގެ ފައިނަލުން މުބާރާތުގައި މިފަހަރު މުޅިން އަލަށް ބައިވެރިވި އުނގޫފާރާއި، މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ބަލިވި މީދޫ ޖާގަ ހޯދައިފި އެވެ.

ރަސްމާދޫ ކައުންސިލް އިދާރާ އާއި، ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އިތުރުން  އެރަށު ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވެޓަރަންސް ފުޓްސަލް މުބާރާތުގެ ފައިނަލުން އުނގޫފާރު ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި ހުޅުދުއްފާރުގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ.

ހުޅުދުއްފާރާއި އުނގޫފާރު ވާދަކުރި ފޯރިގަދަ ސެމީ ފައިނަލް މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އުނގޫފާރަށް ކާމިޔާބުކޮށްދިނީ ރިލްވާން މުހައްމަދެވެ. މިއީ މި މުބާރާތުގައި ރިލްވާން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލައިފައިވަނީ މި މުބާރާތުގައި މިހާތަނަށް 22 ގޯލް ޖަހައިފައި އޮތް ހުޅުދުއްފާރުންނެވެ. އެކަމަކު ފަހު ހާފު ފަށައިގެން އުނގޫފާރުން ވަރަށް ބޮޑަށް ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ.  

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އުނގޫފާރުގެ ގޯލަށް އެންމެ ބޮޑަށް ނުރައްކާކޮށްފައިވަނީ މުބާރާތުގައި މިހާތަނަށް 10 ގޯލް ކާމިޔާބުކޮށްފައިވާ އަބްދުލްމަންނާން އިބްރާހިމް އެވެ. މި މެޗުގައި މަންނާން ފޮނުވާލި ދެ ހަމަލާއެއް ގޯލް ދަނޑިއާ އަމާޒުވިއިރު މެޗުގައި  ހުޅުދުއްފާރު ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އުނގޫފާރުގެ ގޯލްކީޕަރު ހަސަން އާސިފް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.  

އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އެކަނި ކުޅެވޭ ގޮތަށް ހަމަޖެހިފައި އޮތް ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖްގެ ފައިނަލުން މީދޫ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ރަސްމާދޫއާ ވާދަކޮށް 0-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ރަސްމާދޫ އާއި މީދޫ މިރޭގެ ސެމީ ފައިނަލަށް ނުކުތީ އެ ދެ ޓީމުގެވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނުލަ އެވެ. ރަސްމާދޫއަށް މި މުބާރާތުގައި ތިން ގޯލް ކާމިޔާބުކޮށްދިން އިބްރާހިމް މަމްދޫހް (މަންޑޭ) އަށް ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވުނު އިރު، މުބާރާތުގައި މިހާތަނަށް ހަތަރު ގޯލް ކާމިޔާބުކޮށްދީފައިވާ މީދޫ ޓީމުގެ އަޝްރަދް ހަސަން ވެސް މި މެޗުގައި ކުޅެފައެއް ނުވެ އެވެ.

ރަސްމާދޫ އާއި މީދޫއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައިވެސް ވާދަކޮށްފަ އެވެ. އެ މެޗު ރަސްމާދޫއިން ކާމިޔާބުކޮށްފައިވަނީ 0-3 އިންނެވެ.

https://www.fahuminet.com/tournaments/r-veterans-futsal-challenge-2026

މިރޭގެ މެޗުގައި މީދޫއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހުމިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސައީދެވެ. މި މެޗުގެ ބޮޑު ބައިގައި މީދޫއިން ރަސްމާދޫއަށްވުރެ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލިއިރު، މެޗުގެ ފަހު ބައިގައި ރަސްމާދޫއިން ވަނީ މީދޫގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

މުބާރާތުގެ ފައިނަލްގައި އުނގޫފާރާއި މީދޫ ވާދަކުރާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings