Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ކިޑްސަލް ހުޅުވައި، އާ ޖީލެއް ފުޓްސަލްގެ އެންމެ ބޮޑު ސްޓޭޖަށް
ކިޑްސަލް ހުޅުވައި، އާ ޖީލެއް ފުޓްސަލްގެ އެންމެ ބޮޑު ސްޓޭޖަށް
ކިޑްސަލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިޑްސަލް ހުޅުވައި، އާ ޖީލެއް ފުޓްސަލްގެ އެންމެ ބޮޑު ސްޓޭޖަށް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 5 ޖޫން 2026

ކްލަބް މޯލްޑިވްސް އިން މިއަހަރު އަލަށް ތައާރަފްކުރި، ކްލަބް މޯލްޑިވްސް ކިޑްސަލް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ. 

ކިޑްސަލް މުބާރާތް ރަސްމީކޮށް ހުޅުވީ މިއަދު ހަވީރު ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ މައިލޯ މޯލްޑިވްސްގެ ދިޝާން އެވެ. 

މިއަދުގެ ހާއްސަ ހަރަކާތުގައި ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އަދި، މުބާރާތުގައި ވާދަކުރާ 10 ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ވަނީ ހުޅުވުމުގެ ހަރަކާތަށް ގޮސްފަ އެވެ. 

ހަރަކާތުގައި ވަނީ ކިޑްސަލްގެ ޓްރޮފީ އާއްމުކޮށްފަ އެވެ. ކިޑްސަލް ޓްރޮފީ ދައްކާލީ ރަން މެޑަލް ހޯދި ފުޓްސަލް ޓީމުގެ ތައްޓާ އެކު އެވެ. 

ކިޑްސަލް ހަރަކާތުގެ ތެރެއިން. މި ހަރަކާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިން ވެސް ބައިވެރިވި. ފޮޓޯ: ކްލަބް މޯލްޑިވްސް
ކިޑްސަލް ހަރަކާތުގެ ތެރެއިން. މި ހަރަކާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިން ވެސް ބައިވެރިވި. ފޮޓޯ: ކްލަބް މޯލްޑިވްސް

ހަރަކާތުގައި ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލާފައިވެ އެވެ. 

ކްލަބް މޯލްޑިވްސް އިން ބާއްވާ ތާރީހީ މި މުބާރާތުގައި ވާދަކުރާ 10 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. 

ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އާއި ބީޖީ ސްޕޯޓްސްގެ އިތުރުން ސްޓާސް އެކަޑެމީ އަދި އެލީޓް އެކެޑަމީގެ އިތުރުން ވިލިމާލެ ޔުނައިޓެޑެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ޔޫތު ސްޕޯޓްސް އެކެޑަމީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން އެސްޕަޔާ އެކެޑަމީ އަދި އެޑްވެންޗާ އެކެޑަމީ އާއި ބިސްބުރު ސްޕޯޓްސް ކްލަބެވެ. 

ކިޑްސަލް ހަރަކާތުގައި ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަމް އިމްރާން (އިންމި) ބޯޅަ ފޮނުވާލަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ކިޑްސަލް ހަރަކާތުގައި ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަމް އިމްރާން (އިންމި) ބޯޅަ ފޮނުވާލަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ކިޑްސަލްގެ މެޗުތައް ފަށާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. 

ފުޓްސަލްގައި ރާއްޖެ ކުރިއަރަމުން އަންނައިރު ކުޑަކުދިންނަށް ފުޓްސަލްގެ ވާދަވެރި ބޮޑު މުބާރާތެއް ތައާރަފްކުރުމަކީ މި ކުޅިވަރުގައި ކުޅުންތެރިން ތަރައްގީކުރަން އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ. 

ކިޑްސަލް ރަސްމީކޮށް ފެށިއިރު، ކްލަބް މޯލްޑިވްސް އިން މިއަހަރު ޖުމްލަ ހަތް މުބާރާތެއް ބާއްވާނެ އެވެ. މިހާރު ކުރިއަށްދަނީ ކިންގްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. 

https://fahuminet.com/tournaments/kidsal-2026

ކްލަބް މޯލްޑިވްސްގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. 

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Settings