Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ލީގު ހޯދަން އާސެނަލް އަތުގައި އޮތް ބާރު ސިޓީން ނައްތާލައިފި
ލީގު ހޯދަން އާސެނަލް އަތުގައި އޮތް ބާރު ސިޓީން ނައްތާލައިފި
ހާލަންޑުގެ ގޯލަށް ފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ. އާސެނަލް ބަލިވެ ލީގު ހޯދުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ.

ލީގު ހޯދަން އާސެނަލް އަތުގައި އޮތް ބާރު ސިޓީން ނައްތާލައިފި

ފަހުމިނެޓް
ފަހުމިނެޓް
10 ގަޑިއިރު ކުރިން 19 އެޕްރީލް 2026

އަމިއްލަ ބާރުގައި އޮވެ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށް އާސެނަލަށް ލިބިފައި އޮތް ފުރުސަތު މެންޗެސްޓާ ސިޓީން މިރޭ ނައްތާލައިފި އެވެ. 

ޕްރިމިއާ ލީގުގައި ސިޓީން މިރޭ ވަނީ އާސެނަލާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުން 1-2 އިން މޮޅުވެފަ އެވެ. 

މެޗަށް ނުކުތްއިރު އެއްވަރުކޮށްލައިގެން ވެސް މި ސީޒަނުގެ ލީގު ހޯދުމުގެ އަމިއްލަ ބާރު އާސެނަލަށް އޮތެވެ. ސިޓީ އަށް މި ރޭހުގައި ކުރި ލިބެން އޮތް ހަމައެކަނި ގޮތަކީ އާސެނަލް ބަލިކުރުމެވެ. 

ސިޓީން މިރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ރަޔަން ޗާކީ އެވެ. އޭގެ ދެ މިނެޓު ފަހުން ސިޓީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ހެދި ބޮޑު ގޯހެއްގައި ކައި ހަވާޓްޒް އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. 

ސިޓީ މޮޅުވި ގޯލު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ. 

ލީގުގައި ސިޓީ އަށް ބާކީ ހަ މެޗު އޮތްއިރު އާސެނަލަށް އޮތީ ފަސް މެޗެވެ. 

ލީގުގެ އެއް ވަނައިގައި އާސެނަލް މިވަގުތު އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ދެ ވަނައިގައި އޮތީ 32 މެޗުން ލިބިފައިވާ 67 ޕޮއިންޓާ އެކު އެވެ. ލީގުގައި މި ހަފްތާ ބާންލީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ އެޓީމަށް ލީގުގެ އެއް ވަނަ ލިބޭނެ އެވެ.

މުޅި ސީޒަނުގައި ވެސް އެއް ވަނައިގައި އޮތް އާސެނަލަކީ މިފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދާނެކަމަށް ބެލެވުނު ޓީމެވެ. އެހެންނަމަވެސް، ގާތްގާތުގައި މެޗުތަކުން ބަލިވެ އެޓީމަށް މިހާރު މިވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ. 

ލީގުގެ ގަދަ ފަހެއްގެ ރޭހުގައި ވާދަކުރަމުން އަންނަ އެސްޓަން ވިލާއިން މިރޭ ވަނީ އަމިއްލަ ދަނޑުގައި 3-4 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ. އަދި ލިވަޕޫލުން ވަނީ ރަށުން ބޭރުގައި 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Settings