ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އިންގްލެންޑުގެ އާސެނަލާއި ކުރިން ޔޫރަޕްގެ ގަދަބާރު އިޓަލީގެ އޭސީ މިލާން ވާދަކުރަން ޖެހިއްޖެއެވެ. އާސެނަލް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ދަތުރުކުރީ ސްވިޑަންގެ އޮސްޓާސުންޑްސް 4-2 ގެ އެގްރިގޭޓުން ބަލިކޮށްގެންނެވެ. އޭސީ މިލާން ގަދަ 16 އަށް ދަތުރު ކުރީ ދެމެޗުގެ އެގްރިގޭޓުން ބަލްގޭރިޔާގެ ލުޑޮގޮރޮޓްސް 4-0 އިން ބަލިކޮށްގެންނެވެ.
އޭސީ މިލާނަކީ ޔޫރަޕްގެ ތަށި 7 ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އެންމެ ފަހުން ޔޫރަޕްގެ ޗެމްޕިއަންކަން އެޓީމު ހޯދީ 2007 ވަނަ އަހަރުއެވެ. ޗެމްޕިއަންސް ލީގުގައި އާސެނަލާއި މިލާން ވަނީ ދެފަހަރަކު ވާދަކޮށްފައެވެ. އެއީ 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެންމެ ފަހުން މި ދެޓީމުގެ ކުރިމަތިލުން 2012 ވަނަ އަހަރު ކާމިޔާބު ކުރީ މިލާން އެވެ. މިލާނުން މިފަހަރުގެ ސީޒަނަށް ވަނީ 200 މިލިއަން ޕައުންޑް ހަރަދުކޮށް ޓީމު ވަރުގަދަ ކޮށްފައެވެ. ނަމަވެސް ލީގުގައި އެޓީމު އޮތީ 7 ވަނައިގައެވެ. އެޓީމުގެ ކުރީގެ ތަރި ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ މިލާނާއި އެއްވަނައިގައިވާ ނަޕޯލީއާ ދެމެދު 25 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުންދާ އާސެނަލަކީ ޔޫރޮޕާ ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެކެވެ. ނަމަވެސް އެޓީމުގެ ކޯޗު އާސެން ވެންގަރ ބުނެފައިވަނީ ޔޫރޮޕާ ލީގަށް ވުރެ ޕްރިމިއަރ ލީގަށް އެޓީމުދޭ ސަމާލުކަން ބޮޑުވާނެ ކަމަށެވެ. ޗެމްޕިއަންސް ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު 7 ސީޒަނުގައިވެސް މުބާރާތުން ވަކިވެފައިވަނީ ގަދަ 16 ގެ ބުރުންނެވެ. ލީގު ހޯދުމުގެ ފުރުސަތު އާސެނަލަށް ގެއްލިފައިވާއިރު އެޓިމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އާސެނަލަށް ޔޫރޮޕާ ލީގު ކާމިޔާބު ކުރުން ނުވަތު ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދަށް މަޖުބޫރުވާނެއެވެ.
އާސެނަލާއި މިލާނުގެ ފުރަތަމަ މެޗު މާރޗް 8 ގައި މިލާނުގައި ކުޅޭއިރު ދެވަނަ މެޗު މާރޗް 15 ވަނަ ދުވަހު ކުޅެނީ ލަންޑަނުގައެވެ. މި ބުރުގައި ހިމެނޭ ވަރުގަދަ ޓީމުތަކުގެ ތެރެއިން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ އާއެވެ. ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑް ވާދަކުރާނީ އޮސްޓްރިއާގެ ސަލްޒްބާގާ ވާދަކުރާއިރު ރަގަޅު ފޯމެއްގައި އޮތް އިޓަލީގެ ލާޒިއޯ ބައްދަލުކުރާނީ ޔޫކްރެންގެ ޑިނަމޯ ކިއެވް އާއެވެ.
ޔޫރޮޕާ ލީގުގައި އާސެނަލާއި އޭސީ މިލާނުގެ ކުރިމަތިލުމެއް
މި ލިޔުމާ ގުޅޭ
ކޮމެންޓްސް
# މަޤުބޫލު ލިޔުންތައް
ޖިބިއްލީ: ހުސް ތަރިންނާ އެކު 100 މޭލު ދުރުން ކެނދިކުޅުދޫ އަށް
5 ދުވަސް ކުރިން
ފައިނަލުން ބަލިވުމުގެ ސިލްސިލާ ނިންމަން ނައިފަރު ޗެލްސީ މާ ގަދަކޮށް
1 ހަފްތާ ކުރިން
މާޒިޔާގެ ޒުވާން ޓީމު ބޮޑު އުންމީދަކާއެކު މެންގްރޫވް އައިލެންޑަށް
1 ދުވަސް ކުރިން
ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް: އެންމެ އަގުބޮޑު އެއް ފުޓްބޯޅަ އީދު ފެށެން 10 ދުވަސް
1 ހަފްތާ ކުރިން
އަލިފުށި ރެކްރިއޭޝަން ކްލަބު: މުޅި ރަށް އެދެނީ ޓީމުގެ ކާމިޔާބަށް
4 ދުވަސް ކުރިން# ފަހުގެ ޚަބަރުތައް
ދެ އަވަށްޓެރިންގެ ކުރިމަތިލުމުގައި މަނަދޫއިން މާފަރަށް ދުލެއް ނުދިން
4 ގަޑިއިރު ކުރިން
ފަސޭހަ ކަމާއެކު ސްޓެލްކޯ އާއި އެމްޓީސީސީ އޮފީސް ލީގުގެ ފައިނަލަށް
9 ގަޑިއިރު ކުރިން
އަޒުމެއް ނުގުޑި، މަނަދޫއިން ބުނަނީ ރަށު ކުޅުންތެރިންނަށް ވާނެ ކަމަށް
23 ގަޑިއިރު ކުރިން
