DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ގާފަރު ކައުންސިލް ކަޕް: އެކްސް ބޯއީޒް އާއި އޯކޭ ބޯއީޒް މަރުގެ ގްރޫޕަށް
ގާފަރު ކައުންސިލް ކަޕް: އެކްސް ބޯއީޒް އާއި އޯކޭ ބޯއީޒް މަރުގެ ގްރޫޕަށް
ގާފަރު ކައުންސިލް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. މާދަމާ ރޭ މުބާރާތް ފަށާނެ. ފޮޓޯ: ގާފަރު ކައުންސިލް

ގާފަރު ކައުންސިލް ކަޕް: އެކްސް ބޯއީޒް އާއި އޯކޭ ބޯއީޒް މަރުގެ ގްރޫޕަށް

ފަހުމިނެޓް
ފަހުމިނެޓް
1 ދުވަސް ކުރިން • 23 އޮކްޓޫބަރު 2026

މާދަމާ ރޭ ފަށާ ގޮތަށް ހަމަޖެހިފައިވާ ގާފަރު ކައުންސިލް ކަޕްގެ ގުރު ނެގުން ރޭ ބާއްވައިފައިވާ އިރު އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ އެކްސް ބޯއީޒް އާއި އޯކޭ ބޯއީޒް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އެންމެ ފަހުން ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި ކައުންސިލް ކަޕް ތިން މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދި އެކްސް ބޯއީޒް އާއި އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ރަނަރަޕް މަގާމު ހޯދި އޯކޭ ބޯއީޒް މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ވާދަކުރާއިރު މިދިޔަ އަހަރު އޮތް ކައުންސިލް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރި ހަންޓާސް ވެސް ހިމެނުނީ މި ގްރޫޕްގަ އެވެ.

ގްރޫޕް އޭގައި ދެން ހިމެނެނީ މިފަހަރު ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރުމުގެ އުންމީދުގައި ތިބި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިފައިވާ މާލިން ސްޕޯޓްސް ކްލަބާއި އަދި މިދިޔަ އަހަރުވެސް މި މުބާރާތުގައި ވާދަކޮށްފައިވާ ހަންޓާސް އެލީޓެވެ.

ގާފަރު ކައުންސިލް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ގާފަރު ކައުންސިލް
ގާފަރު ކައުންސިލް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ގާފަރު ކައުންސިލް

ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ މި މުބާރާތުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދަން ރާވާފައިވާއިރު ގްރޫޕް ބީގައި ހިމެނުނީ އޯކޭ ޔުނައިޓެޑާއި، ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން އެންމެ ފަހުން ބޭއްވި ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޯކޭ ލެޖެންޑްސްގެ އިތުރުން ޕެންތާސް އާއި ޖުމެއިރާ އޮޅަހަލި އައިލެންޑެވެ.

ގާފަރު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހުޅުވާ މެޗުގައި މާދަމާ ރޭ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އޯކޭ ބޯއީޒް އާއި ހަންޓާސް އެވެ. ގްރޫޕް ސްޓޭޖުގައި ޖުމްލަ 16 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކްރޮސްކޮށް ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.

https://fahuminet.com/tournaments/gaafaru-council-cup-2026

މާދަމާއިން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ އިރު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލް ކޮށްފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިންގާ ކުޅުންތެރިންގެ ތެރޭގައްި ހިމެނޭ އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝާދުގެ އިތުރުން އިބްރާހިމް ރިމާހް (ރިމޭ) އާއި ސާމިން މުހައްމަދު ނަސީރު (ސާންކޮ) ފަދަ އެތައް ކުޅުންތެރިންނެއް އެ ރަށަކަށް ނިސްބަތްވާ ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް އީދުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings